މާލޭގައި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު އިތުރު ވަނީ

މާލޭގައި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ. ދުވަހެއް ދުވަހަކަށް އަދަދު އިތުރު ވަމުންދާއިރު އެޗްޕީއޭ އިން މިއަދު ޑެންގޫ އަދި ޗިކުންގުނ...

30 Apr 2019 | 12:04

މާލޭގައި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

ދުވަހެއް ދުވަހަކަށް އަދަދު އިތުރު ވަމުންދާއިރު އެޗްޕީއޭ އިން މިއަދު ޑެންގޫ އަދި ޗިކުންގުންޔާގެ ހަފްތާގެ ރިޕޯޓް އާންމު ކޮއްފައިވެއެވެ. ރިޕޯޓުން ދައްކާގޮތުގައި މިދިޔަ ފަސް ދުވަހުގެ ތެރޭގައި ޗިކުންގުންޔާ ޖެހިފައިވާ މީހުންގެ އަދަދު 357 އިން 367 އަށް އަރައިފިއެވެ.

މީގެއިތުރުން މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން 1873 ކޭސް ރިޕޯޓް ކޮށްފައި ވާއިރު ޗިކުންގުންޔާ ޖެހިގެން 828 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

އަދި ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ރިޕޯޓްތަކާއި އަޅާބަލާއިރު މިއަހަރު ޑެންގޫ އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް