ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ށ. ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސޭވަރު ވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވެފައިވަނީ ފުނަދޫ އެއާޕޯޓުގައި މިހާރު ކުރިއަށް ދަނީ ޓާމިނަލް އާއި ފަޔާ ބިލްޑިންގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމުމުން ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުނަދޫ އެއާޕޯޓުގެ ރަންވެގެ މަސައްކަތް ކުރުމަށް ހަވާލުކޮއްފައިވަނީ އެމްޓީސީސީ އާއެވެ. އެއާޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ މިން ރަންވޭގައި ހުންނައިރު ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އަދި އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.
ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީ އިން ފުނަދޫގައި ކުރިއަށް ގެންދިޔަ އެމަޝްރޫއުގެ ދަށުން އެއާޕޯޓް އެޅުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް