އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ. މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން މި ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަ...

30 Apr 2019 | 10:46

އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން މި ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަ ޖެހިފައިވަނީ އެއް ދުވަހުގެ މުއްދަތަކަށެވެ.

މި ވޯކްޝޮޕްގައި މަސީގެ މެންބަރުންނާއި އިންޑަސްޓްރީ ސްޓޭކްހޯލްޑަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭގޮތުން މަސީ އިން ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސައިޓުތައް ހުންނަ ސަރަހައްދުތަކުގައި ހިނގާ އުޅޭ މީހުންގެ ރައްކާތެރި ކަމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެ ދާއިރާގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ވާހަކަތައް ދައްކަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގައިޑްލައިން އެކުލަވާލާފައިވީނަމަވެސް، އެއަށް އަމަލު ނުކުރާކަމަށާއި އެ ގައިޑްލައިނަށް އަމަލުކުރޭތޯ ސަރުކާރުން ރެގިއުލޭޓު ނުކުރާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް