ސްޓޫޑަންޓް ލޯން ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ބުނެފައިވަނީ ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮއްފައިވަނީ ހޮނިހިރު ދުވަހުގެ 13:30 އަށް ކަމަށެވެ. އަދި މުއްދަތު އިތުރު ކޮއްފައިވަނީ ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ސާވާއަށް މިއަދު ދިމާވި މައްސަލަ އަކާއި ގުޅިގެން ސާވާ ޑައުންވެފައި ވާތީ ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު ހެނދުނުން ފެށިގެން އެންސީއައިޓީގެ ސާވާ އަށް ދިމާވި މި މައްސަލަ ހައްލުކުރަން 24 ގަޑިއިރު ނަގާނެ ކަމަށްވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
މިއީ މި ސަރުކާރުން ސްޓުޑަންޓް ލޯނުގެ އެހީގައި ބޭރަށް ކިޔަވަން ދާން ހުޅުވާލި ފުރަތަމަ ފަހަރަށް ވާއިރު އަންނަ ޖުލައި މަހުގެ ކުރިން ސްޓޫޑަންޓް ލޯނަށް ނަގާ އިންޓަރެސްޓްގެ މިންވަރު ކުޑަކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް