އެރަށެއްގައި އައުރަ ނިވާކޮށްގެން ނޫޅެވޭނަމަ އެރަށެއްގައި އިތުރަށް ތިބުމަކީ ހުއްދަ ކަމެއް ނޫން: ޑރ. އިޔާޒް

އެ ރަށެއްގައި އައުރަ ނިވާކޮށްގެން ނޫޅެވޭ ވަރަށް ކަންތަށް ގޯސްވެއްޖެނަމަ އެ ރަށެއްގައި އިތުރަށް ތިބުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މިފަދައިން ވިދާޅުވީ...

30 Apr 2019 | 09:48

އެ ރަށެއްގައި އައުރަ ނިވާކޮށްގެން ނޫޅެވޭ ވަރަށް ކަންތަށް ގޯސްވެއްޖެނަމަ އެ ރަށެއްގައި އިތުރަށް ތިބުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވީ ލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށް އަދި އިއްޔެ ކަންފަތް ފޮރުވައިގެން ބުރުގާ އެޅުންވެސް މަނާ ކުރުމުންނެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެން ކަނބަލުން މޫނު ނިވާ ކުރުމާއި ނުކުރުން އެއީ އެކަނބަލުންގެ އިޚްތިޔާރުގައި ވާކަމެއް ކަމުގައެވެ. އެހެންނަމަވެސް ކަންފަތް ނިވާ ނުކޮށް ތިބުމުގެ އިޚްތިޔާރު ނެތް ކަމުގައިވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1123153166281740288

މީގެ އިތުރުން ލަންކާގައި ކަންފަތް ފޮރުވުން މަނާ ކުރުމާއި ގުޅިގެން ޝެއިޚް އަލީ ޒައިދު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަލީ ޒައިދު ގެ ޓްވީޓުގައި ވިދާޅުވީ، ކަންފަތް ފެންނަ ގޮތަށް ބުރުގާ އަޅަން ލަންކާގައި އަމުރުކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. މިކަމުން ފެނިގެންދަނީ ޓެރަރިސްޓުންނާއި ބުދިސްޓުންގެ ނުބައި ކަން ކަމަށާއި، އެއީ މުސްލިމުންނަށް "ފިލުވާލާ" ހަސަދައެއް ކަމަށްވެސް އަލީ ޒައިދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

https://twitter.com/alizaid1000/status/1123143594502545408

ލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރީ، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ހަމަލާތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅޭތީ ކަމަށް ލަންކާގެ ރައީސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކާކުކަން ނޭންގޭ ގޮތަށް މޫނު ބުރުގާ އެޅުމުގެ އިތުރުން ހެލްމެޓު އެޅުންވެސް އެގައުމުގައި ވަނީ މަނާ ކޮށްފައެވެ.

ލަންކާއިން ކޮށްފައިވާ މި އަމުރާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމް އަންހެނުންނަށް ވަނީ ބޭރަށް ނިކުތުމަށް ހުރަސްތަކަކާއި ކުރިމަތިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް