މިއަހަރުގެ ރަމަޝާން މަހާއި ދިމާކޮށް އަލަށް އަށް މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މާލޭގައި ތިން މިސްކިތެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށާއި، އަލުން އިމާރާތް ކޮށްފައިވާ މުޙައްމަދު ޖަމީލް ދީދީ މިސްކިތާއި، މާވެޔޮ މިސްކިތް ހުޅުވުމަށް ހަމަޖެހިފައި ވާ ކަމަށެވެ.
މުހައްމަދު ޖަމީލް މިސްކިތުގައި އެއްފަހަރާ އެގާރަ ސަތޭކަ މީހުންނަށް ނަމާދު ކުރެވޭއިރު، މާވެޔޮ މިސްކިތުގައި ގާތްގަނޑަކަށް އަށާރަ ސަތޭކަ މީހުންނަށް ނަމާދު ކުރެވޭނެއެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުވޭ އިތުރު މިސްކިތްތަކަށް ބަލާއިރު، ކ.ކާށިދޫ، ދ.ކުޑަހުވަދޫ އަދި ހދ.ކުޅުދުއްފުށީގައި އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތްތައް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ށ.ފޭދޫ މިސްކިތް ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ގއ. ދެއްވަދޫގައި ހަތް ސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް މިމަހުގެ އަށާރަ ވަނަ ދުވަހުވަނީ ހުޅުވާފައެވެ. މީގެ އިތުރުން، ވިލިމާލޭގައި މިމަހުގެ ސަތާރަވަނަ ދުވަހު ރައީސް ވަނީ މަސްޖިދުއް ބިއްރި ހުޅުއްވައިދެއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް