މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާކުރަން ބުރާސްފަތި ދުވަހު ފޮނުވަނީ

ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ ދެކޮޅަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ބުރާސްފަތި ދުވަހު ފޮނުވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. ކަނޑައެޅިފަ...

30 Apr 2019 | 08:28

ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ ދެކޮޅަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ބުރާސްފަތި ދުވަހު ފޮނުވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ހުށަނާޅަނީ 36 ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، އެ ފަރާތްތަކަށް ދައުވާކުރުމަށް އެދި އެ މައްސަލަތައް އަންނަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. އަދި އިތުރު 11 ބަޔާނެއް ފުރިހަމަ ކުރަން ކެންޑިޑޭޓުނަށް ފޮނުވަން އީސީ އިން ނިންމާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

https://twitter.com/akram4535/status/1123125509020192768

މާލީ ބަޔާން ހުށަހަޅާފައިވަނީ 347 ކެންޑިޑޭޓުންނެވެ.

މަޖިލިސް އިންތިހާބު ކުރިއަށް ގޮސްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް