ބްރިޖާއި ހައިވޭގައި ކެމެރާ ހަރުކުރަނީ

ސިނަމާލެ ބްރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ ގޮތުން، ކެމެރާ އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބާ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެ...

30 Apr 2019 | 08:01

ސިނަމާލެ ބްރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ ގޮތުން، ކެމެރާ އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބާ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ސިނަމާލެ ބްރިޖް ހުޅުވައިފައިވާއިރު، މިހާތަނަށް އެތައް އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 30 ދުވަހުގެ ތެރޭގައި ބުރިޖުގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ކަނޑައަޅައިފައެވެ.

ފުލުހުން ވިދާޅުވީ، ފައިބާ ކޭބަލް އަޅައިދޭން ޝައުގުވެރިވާ ފަރާތްތައް ބީލަމުގައި ބައިވެރިވުމަށް ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 އަށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އިސްކަންދަރު ބިލްޑިންގްގައި ޕްރީ ބިޑް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު ހަމަ އިސްކަންދަރު ބިލްޑިންގްގައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުރިޖުމަތީގައި ހެލްމެޓު އަޅައިގެން ނޫނީ ސައިކަލު ނުދުއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް