ސައުދީން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކޮށްފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި މިއަރުވެސް ރޯދަމަހާއި ދިމާކޮށް ސައުދީން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކޮށްފިއެވެ. މާލޭގައި ހުންނަ ސައުދީ އެމަބްސީގ...

30 Apr 2019 | 07:06

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި މިއަރުވެސް ރޯދަމަހާއި ދިމާކޮށް ސައުދީން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކޮށްފިއެވެ.

މާލޭގައި ހުންނަ ސައުދީ އެމަބްސީގައި މިއަދު ބޭއްވި ހަފްލާގައި މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިތަކެތި މިނިސްޓަރާއި ހަވާލުކޮށްދެއްވީ އެމްބަސީގެ ޗާޖް ޑި އެފެއާޒް މެތުރިކް އަލް ދޮސާރީ އެވެ.

މިނިސްޓަރު ވިދާޅުވީ، ސައުދީން ހަދިޔާކުރި ކަދުރު ރޯދަމަސް ފެށުމުގެ ކުރިން ބަހަން ފަށާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިތަކެތި ބެހޭވަރު ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ކަދުރުން ހުރިހާ ރައްޔިތުންނަށް ބެހޭވަރު ނުވާއިރު އެހެން ފަރާތްތަކުންވެސް އިތުރު ކަދުރު ހަދިޔާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް