150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ފުލުހުން އިއްޔަ ހިންގި ބޮޑު އޮޕަރޭޝަނާއި ގުޅިގެން އަތުލައިގަނެފައިވާ 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 5 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ފުލުހުން ވިދާޅުވީ، ހައްޔަރ...

30 Apr 2019 | 06:50

ފުލުހުން އިއްޔަ ހިންގި ބޮޑު އޮޕަރޭޝަނާއި ގުޅިގެން އަތުލައިގަނެފައިވާ 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 5 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރުކޮށްފައިވާ އެކެއްގެ ބަންދަށް 10 ދުވަހުގެ މުއްދަތު ޖަހައިފައިވާއިރު، އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

ފުލުހުން މިދިޔަ 72 ގަޑިއިރުގެ ތެރޭގައި ހިންގި އޮޕަރޭޝަނުގައި 260 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ.

މި ތަކެތީގެ ތެރޭގައި، 100 ކޮލޯ ހިރޯއިން އާއި 49 ކިލޯ ކެނަބިސް ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ތަކެއްޗަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖެއަށް ޓްރެފިކް ކުރި މަސްތުވާތަކެތި ލޯންޗަކުން ގޮސް ނަގައިގެން ގެނެސް ގދ. ގައްދޫ ކައިރީ އޮންނަ ހުޅުވާރުލު ނަމަކަށް ކިއުނު ފަޅުރަށެއްގައި ވަޅުލާފައިވާ ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް