މިއަހަރު ހައްޖަށް މީހުން ގެންދަން 18 ކުންފުންޏަކުން ކުރިމަތިލައިފިއެވެ.
ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދެނީ ވަކި ޝަތުރުތަކަކަށް ބަލައި، ކުރިމަތިލާ ކުންފުނިތަކުގެ ތެރެއިން 5 ކުންފުންޏަކަށެވެ.
އެ މިނިސްޓްރީގެ ޝަރުތުތަކުގެ ތެރޭގައި، ކުންފުންޏަކީ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމުގެ އިތުރުން، ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަކީ ވެސް ޝަރުތެކެވެ. މީގެ އިތުރުން، ހުއްދައަށް އެދޭ ކުންފުނިން ޕްރޮޕޯސަލްގައިވާ އަގުތަކަށް ބަލައި އެއަށްވުރެ އިތުރަށް ފައިސާ ނުނެގުމާއި، ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ވެގެން ވެސް ނުވާނެ އެވެ.
ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީން 5 ކުންފުންޏެއް ހޮވާއިރު، އެ މިނިސްޓްރީން ހުއްދަ ދެނީ އެއް އަހަރަށެވެ. ސައުދީ ސަރުކާރުން ރާއްޖެއަށް ވަނީ 2000 މީހުންގެ ހައްޖު ކޯޓާ ދޫކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް