ބ. ކަމަދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމް ކުރަން ނިންމައިފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑް އާއި އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް މިއަދު ވަނީ އެންވްޔަރަމަންޓު މިނިސްޓްރީ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ރަޝީދެވެ.
މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި އެ ރަށުގައި އެ މަރުކަޒު އަޅަން ޖެހެ އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 1,199,987.00 ރުފިޔާ އަށެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި މަސައްކަތަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް