އަނިލް ކަޕޫރު ގޭގައި ބޮކިފަތި ދަމާފައި ވަނީ ކީއްވެކަން ހާމަ ކުރަނީ ރަސްމީކޮށް!

ސޯނަމް ކަޕޫރުގެ ކައިވެނި މި ހަފްތާ ތެރޭގައި ކުރެވޭކަން އެންމެންނަށް ވަނީ ހާމަވެފަ އެވެ. އެކަމަކު އަދިވެސް ދެ ފަރާތުގެ އާއިލާއިން ދަނީ އެކަން ވަރަށް ބޮޑަށް ސިއްރު ކުރަމުންނެވެ. ކުއްލިއަކަށް ސޯނަމްގެ ގޭ...

30 Apr 2018 | 03:11

ސޯނަމް ކަޕޫރުގެ ކައިވެނި މި ހަފްތާ ތެރޭގައި ކުރެވޭކަން އެންމެންނަށް ވަނީ ހާމަވެފަ އެވެ.

އެކަމަކު އަދިވެސް ދެ ފަރާތުގެ އާއިލާއިން ދަނީ އެކަން ވަރަށް ބޮޑަށް ސިއްރު ކުރަމުންނެވެ. ކުއްލިއަކަށް ސޯނަމްގެ ގޭގައި ބޮކިފަތި ދަމާ ވަރަށް ރީތިކޮށް ދިއްލާލައިފި އެވެ. މިއީ އޭނާގެ ކައިވެނި ގާތްވެއްޖެކަން މީގެ ހަފްތާއެއް ކުރިން އަންގައިދިން ހެތްކެކެވެ.

އެކަމަކު އަދިވެސް އާއިލާގެ އެކަކުވެސް އެކަމަށް އެއްބަހެއް ނުވެ އެކެވެ. މިކަމާ ގުޅޭގޮތުން ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި ސުވާލު ކުރުމުން ބުނީ ކައިވެނީގެ ވާހަކަ ރަސްމީކޮށް ވަގުތު ޖެހުމުން ހާމަ ކުރާނެ ކަމަށެވެ. އެވަގުތު އަދި ނުޖެހޭ ކަމަށާއި އެމީހުންނަކީ އެއްވެސް ކަމެއް ސިއްރުން ކުރާނެ ކަމެއް ނޫންކަމަށެވެ.

އަދި އެގޭގައި ބޮކިފަތި ދިއްލާ ރީތިކޮށްފަވަނީ ކީއްވެކަންވެސް ރަސްމީކޮށް މީޑިއާގައި ހާމަ ކުރާނެ ކަމަށް އަނިލް ބުންޏެވެ.

މިހާރު ރިޕޯޓުތައް ބުނާގޮތުގައި ސޯނަމްގެ ކައިވެނި އޮތީ މެއި މަހުގެ ފުރަތަމަ ހަފްތާގައި އެވެ. އަދި ކައިވެނި ކުރާނީ އިންޑިއާގައި ކަމަށް ސޯނަމް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް