މޭ އެންދުން ރަނގަޅު ކުރުމަށް ކުރެވިދާނެ ފަސޭހަ ކަންކަން!

ބަނޑުގައި އެސީޑު އުފެދޭ ކަހަލަ އެއްޗެއް ކެއުމުން ނުވަތަ މާ ކުޅި އެއްޗެއް ކެއުމުން ވަރަށް ފަސޭހައިން ބަނޑަށް އުނދަގޫވާގޮތްވެ އެވެ. އަދި އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރެ އެވެ. އެފަދަ އެއްޗެއް ކެއުމުން ...

30 Apr 2018 | 02:47

ބަނޑުގައި އެސީޑު އުފެދޭ ކަހަލަ އެއްޗެއް ކެއުމުން ނުވަތަ މާ ކުޅި އެއްޗެއް ކެއުމުން ވަރަށް ފަސޭހައިން ބަނޑަށް އުނދަގޫވާގޮތްވެ އެވެ. އަދި އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރެ އެވެ.

އެފަދަ އެއްޗެއް ކެއުމުން ބަނޑަށް ވާ އުނދަގޫތައް ކުޑަވާއިރަށް މޭ އެންދުމާއި ހިތް އެންދުން ފަދަ ކަންކަން ވާން ފަށައެވެ. އެކަމަކު އެނގުން ވާވަރަށް އުނގަދޫ ވަނީ މޭ އަންދަން ފެށުމުންނެވެ.

މިފަދަ ހާލަތްތަކުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ޑޮކްޓަރީ ބޭސްވެސް ހުރެ އެވެ. އެއަށް ވުރެ ގޭގައި އަމިއްލައަށް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މުހިންމެވެ.

ޕެކެޓުކޮށްފައި ހުންނަ ކިރުގެ ތެރެއިން ލޯ ފެޓް ކިރަކީ މޭ އަންދާނަމަ ބޯން ރަނގަޅު އެއްޗެކެވެ. އެ ކިރުގައި އެކުލެވޭ އެންޓި އެސިޑް އާއި ކެލްސިއަމްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އެސިޑްގެ ބައި ކުޑަކޮށްދެ އެވެ. އެކަމަކު ފެޓް ހިމަނައިގެން ހަދާފައި ހުންނަ ކިރު ބުއިން ރަނގަޅެއް ނޫނެވެ. އެއީ އެފަދަ ކިރުގައި އެކުލެވޭ ފެޓްގެ ސަބަބުން ބަނޑަށް އުނދަގޫވާނެތީ އެވެ.

މޭ އަންދާނަމަ ޗުއިންގަމް ކަހަލަ އެއްޗެއް އަބަދުވެސް އަނގަޔަށް ލައިގެން ހެފުން ރަނގަޅުވާނެ އެވެ. އެފަދަ އެއްޗެހި ކެއުމުން އަނގާތެރޭގައި އުފެދޭ ފެނުގެ ސަބަބުން ހަށިގަނޑުގައި ހުންނަ އެސިޑްގެ ރަހަ ކަނޑުވާލަ އެވެ. ހާއްސަކޮށް ބަނޑާއި ކަރާ ގުޅުވައިދޭ ހޮޅީގައި ހުންނަ އެސިޑުގެ އަސަރު ފިލައިގެންދާލެއް އަވަސް ވާނެ އެވެ.

ދަވިއްގަނދު ފެން ބުއިމަކީވެސް މޭ އެންދުމާއި ހިތް އެންދުމަށް ލުއި ލިބޭ ބުއިމެކެވެ. ދަވިއްގަނދު ފެން ބޯނަމަ ގޭސްޓްރިކް މައްސަލަ އާއި ބޮޑުކަމު ނުދެވުމުގެ މައްސަލައިގެ އިތުރުން އެސިޑް މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެ އެވެ. ހަމަ ދަވިއްގަނދު ފެނުގެ އިތުރުން މި މައްސަލަތައް ދިމާވަނަމަ ހުސް ދަވިއްގަނދު ކެއުންވެސް ރަނގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް