މިއަހަރުގެ ފުރަތަމަ ތިން މަހު ދިރާގަށް ލިބުނު ސާފު ފައިދާ 30 ޕަސެންޓު އިތުރުވެއްޖެ އެވެ.
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ، ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 224 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 644 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މެނޭޖާ ފައިނޭންޝަލް ޕްލޭނިން އިޝާގު އުސްމާން ވިދާޅުވީ، އެންމެ ބޮޑު ކުރިއެރުމެއް މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ ލިބިފައިވަނީ ކުންފުނީގެ މޯބައިލް މާކެޓުން ކަމަށެވެ. އެގޮތުން މޯބައިލް ޑޭޓާ ކަސްޓަމަރުންނަށް ބަލާއިރު އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާ މުހިންމު ހިދުމަތްތަކުގެ ތެރޭގައި ސްމާޓް އެގްޒެކްޓިވް ޕެކޭޖް ގެ ނަމުގައި ރާއްޖޭގައި ދެވޭ އެންމެ ބޮޑު ޑޭޓާ އެލަވެންސާއި އެކު ހުސްނުވާ ވޮއިސް އަދި އެސް.އެމް.އެސް ހިމެނޭ ޕެކޭޖް ތަޢާރަފް ކުރުމާއި، ދިރާގަށް އަލަށް ގުޅޭ ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ދެ ޖީބީ ޑޭޓާ އާއި ބިލަށް 25 ޕަސެންޓު ގެ ޑިސްކައުންޓެއް، އަދި ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް އެއް ޖީބީ މުޅިން ހިލޭ ދިނުމުގެ އިތުރުން ދިރާގުގެ ޕަވާ ޕްލޭން ކަސްޓަމަރުންނަށް 26 ޖެނުއަރީއައި ނުވައެއް ފެބްރުއަރީގެ ނިޔަލަށް %50 އިތުރަށް މޯބައިލް ޑޭޓާ ފޯރުކޮށް ދިނުން ހިމެނޭ ކަމަށް ދިރާގުން ބުނެ އެވެ..
ދިރާގަކީ އިޖްތިމާޢީ ކަންކަމުގައިވެސް ވަރަށް ފުންނާބު ގޮތެއްގައި ބައިވެރިވާ ކުންފުންޏެއްކަން ފާހަނގަކޮށްލަން ޖެހެއެވެ. އެ ގޮތުން އާންމުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮއްދީ އުޅޭ އެންޖިއޯ ތަކަށް އެހީވުން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް