ތިނަދޫގައި ވޯޓާ ޕާކެއް ހުޅުވައިފި

ގދ. ތިނަދޫގައި ވޯޓާ ޕާކެއް ހުޅުވައިފި އެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ރަސްމީކޯށް ޕާކު ހުޅުވުމަށް ފަހު ނައިބު ރައީސް...

30 Apr 2017 | 08:02

ގދ. ތިނަދޫގައި ވޯޓާ ޕާކެއް ހުޅުވައިފި އެވެ.

މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ރަސްމީކޯށް ޕާކު ހުޅުވުމަށް ފަހު ނައިބު ރައީސް ވަނީ އެތަނުގައި ކުރިޔަށް ގެންދިޔަ ފެތުމުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނަވާފައި އެވެ.

ރައީސް އޮފީހުން ބުނީ ތިނަދޫގައި ހުޅުވި މި ވޯޓާ ޕާކަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކުޅިވަރު ކުޅޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ގާއިމްކޮށްފައިވާ ތަނެއް ކަމަށެވެ. މި ވޯޓާ ޕަކުގައި ފަތާ ޓްރެކެއްގެ އިތުރުން ވޯޓާ ޕާކުތަކުގައި ފެންގަނޑުގައި ކުޅެން ހަދާފައި ހުންނަ ގިނަ އެއްޗެހި ހުއްޓެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތާއި ހަރަކާތްތަކުގައި ތިނަދޫގެ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

ތިނަދޫ ވޯޓާ ޕާކު ހަދާފައިވަނީ އެ ރަށު ބަނދަރާ ކައިރީގައި އެވެ. ވޯޓާ ޕާކެއްގެ އިތުރުން ސަރުކާރުން ގެންދަނީ ތިނަދޫގައި މިއުޒިއަމްއެއްވެސް ހަދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް