ސުނީ "އިންސްޕިރޭޝަން" އެއްގެ ގޮތުގައި ދެކެންވި ހަތް ސަބަބު

ބަޒްފީޑްގައި ދިވެހި ކުއްޖަކު ލިޔެފައިވާ ލިޔުމެއްގައި ދިވެހި މަޝްޙޫރު ނެށުންތެރިޔާ އަދި ރާއްޖޭގައި ހުރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން، ސުނީތާ ޢަލީ އަކީ "އިންސްޕިރޭޝަން" އެއްގޮތުގައި ދެކެންޖެހޭ ހ...

30 Apr 2017 | 07:41

ބަޒްފީޑްގައި ދިވެހި ކުއްޖަކު ލިޔެފައިވާ ލިޔުމެއްގައި ދިވެހި މަޝްޙޫރު ނެށުންތެރިޔާ އަދި ރާއްޖޭގައި ހުރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން، ސުނީތާ ޢަލީ އަކީ "އިންސްޕިރޭޝަން" އެއްގޮތުގައި ދެކެންޖެހޭ ހަތް ސަބަބެއް ބުނެފި އެވެ.

ފުރަތަމަ ސަބަބަކަށް ބުނެފައިވާނީ ސުނީ އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރުމެވެ. ޝޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިޔަސް އޭނާގެ އަޒުމަކަށް ގުޑުމެއްނާރައި ކުރިއަށް ދިއުމަކީ ދެވަނަ ސަބަބު ކަމަށް ބުނެފައިވާއިރު، ތިންވަނަ ސަބަބަކަށް ބުނެފައިވަނީ އެތައް ދަތި އުނދަގޫތަކާއިއެކު ސުނީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާއާއި ބައްދަލު ކުރުމުގެ ހުވަފެން ހަޤީޤަތަކަށް ހަދާފައިވުމެވެ.

މަސްވެރިއެއްގެ ދަރިޔަކަށްވެސް އަދި އެހެން ކޮންމެ މިހަކަށްވެސް ކާމިޔާބީ ލިބިދާނެކަށް ސުނީ ސާބިތުކޮށް ދިނުން އިތުރު ސަބަބަކަށް ލިޔެފައިވާއިރު، ޕްރިޔާންކާ ގޮތަށް ސުނީ އޭނާގެ ކުރީގެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ނުފޮރުވުމާއި، އޭނާގެ ލަވަކިޔުމުގެ ހުނަރަކީވެސް އެ ސަބަބުތަކުގެ ތެރޭގައިވާ ހިމެނޭ ކަންތައްތަކެވެ.

އެންމެފަހު ސަބަބެއްގެ ގޮތުގައި ހިމަނާފައިވަނީ ސުނީއަކީ މިނިވަން އަންހެން ކަނބަލަކަށްވުމެވެ.

(ބަޒްފީޑްގައި އިން ފުރިހަމަ އާރޓިކަލްގެ ލިންކް)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް