ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ. ފަރާ އާއި އާއިލާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 27 ގައި އެވެ. އަދި ޗުއްޓީ ހޭދަ ކުރަމުން ދަނީ ...

30 Apr 2017 | 06:45

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.

ފަރާ އާއި އާއިލާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 27 ގައި އެވެ. އަދި ޗުއްޓީ ހޭދަ ކުރަމުން ދަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގަ އެވެ.

ފަރާ ރާއްޖެއައިސް ވަނީ އޭނާގެ އެންމާބަނޑު ތިން ދަރިން ސްވިމިން ޕޫލެއް ކައިރީ ތިއްބާ ނަގައިފައި އިން ފޮޓޯއެށް ޓްވީޓް ކޮށްފަ އެވެ. އަދި އޭނާ އެކުދިންނާއެކު ނަގައިފައިޥާ ފޮޓޯ އެއްވެސް އޭނާ ވަނީ ޓްވީޓް ކޮށްފަ އެވެ.

https://twitter.com/TheFarahKhan/status/857518974707183616

ފަރާ ރާއްޖޭގައި ނަގާފައި ހުރި ފޮޓޯއަށް ކުރީގެ ފިލްމީތަރި ޝަބާނާ އަޒްމީ ކުރި ކޮމެންޓެއްގައި ރާއްޖެ ވަރަށް ރީތި ދޯއޭ ސުވާލު ކުރުމުން ފަރާ ވަނީ ރާއްޖެ ރީތިކަމަށްބުނެ އޭނާ އަށް އައުމަށް ދައުވަތ އަރުވާފަ އެވެ.

ފަރާ ވަނީ ހެޕީ ނިއު އިޔާ، އޯމް ޝާންތީ އޯމް ފަދަ މަޝްހޫރު ބްލޮކް ބަސްޓާ ފިލްމުތައް ޑައިރެކްޓް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް