ކެންބޯޑިއާގެ އަންހެން ފިލްމީ ތަރިޔަކު މާބޮޑަށް ރީތިވުމުގެ ސަބަބުން އެ ޤައުމުގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް ފައިން އާޓްސްގެ ޑިސިޕްލިނަރީ ކައުންސިލުން އެއް އަހަރު ދުވަހަށް އޭނާ ފިލްމުކުޅުން މަނާކޮށްފި އެވެ.
ޑެނީ ކުވާން ކިޔާ 24 އަހަރުގެ އެ ފިލްމީ ތަރި ފިލްމު ކުޅުން މަނާކުރީ އޭނާ ހެދުން އެޅުމުގައި ގެންގުޅޭ "ސެކްސީ" ގޮތްތަކެއް ސަބަބުންނެވެ. ކެންބޯޑިއާގެ އާޓްސް މިނިސްޓްރީގެ ކައުންސިލުން ކުރިންވަނީ ކުވާން ހެދުން އަޅާގޮތާއި މެދު ހިތްހަމަނުޖެހިގެން ނަސޭހަތްވެސް ދީފައި އެވެ.
އޭނާއަށް އެ އަދަބު ދިނީ އެ ޤައުމުގެ އާޓިސްޓުން އެމީހުންގެ ޝަހުސިއްޔަތާއި ޤަދަރަށް އުނިކަން ނާންނަގޮތައް ހެދުންއެޅުމަށް ބުނެފައި އޮންނަ އެތިކަލް ކޯޑާއި ޙިލާފުވުމުންކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީންވަނީ އެ މިނިސްޓްރީގެ ނިންމުމަށް އެ ޤައުމުގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އިޙްތިރާމްކުރުމަށް އެދޭ ކަމަށާއި، އަދި ކުވާން އެ ދާއިރާގެ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ނުކުރުމަށް އެދިފައި އެވެ.
ކުވާން އޭނާގެ ދިފާޢުގައި ވާހަކަދައްކަމުން ބުނީ ކެންބޯޑިއާގެ ސަޤާފަތާއި، އެ ޤައުމު މީހުންނަށް އޭނާ ހެދުން އަޅާ ގޮތް ކަމުނުދިޔަސް އޭނާ ހެދުން އަޅާނީ އޭނާ ބޭނުންވާ ގޮތަށެވެ. އެކަމަކު ކުރިންހާ "ސެކްސީ" ނުވުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް