ފޭރުމުގެ މައްސަލައަކާއި ގުޅިގެން އަންހެނަކާއި ފިރިހެނަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސ...

30 Apr 2017 | 06:27

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން ދަނީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި އެއީ މަކަރާއި ހީލަތުގެ މައްސަލަ އެކެވެ.

މި މައްސަލައިގަ ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގެ މަތީގައި އަންހެނަކާއި ފިރިހެނަކު މަގުމަތީގައި ހުރި އަންހެނަކާ ވާހަކަ ދައްކަން މަޑުކޮށްގެން ތިބޭތަނެވެ. ދެން ފެންނަނީ ސައިކަލު ދުއްވާލުމުން މަގުމަތީގައި ހުރި އަންހެން މީހާ އެމީހުން ފަހަތުން ދުއްވައި ގަންނަ ކަހަލަ ގޮތަކަށް ދާ މަންޒަރެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ސައިކަލުގައި ތިބި ދެމީހުންނެވެ.

https://www.youtube.com/watch?v=X1kRfoCVy_I

ފުލުހުން ބުނީ އެ ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވަ ފަރާތެއް ވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3321111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް