ޑްވޭން ޖޯންސަން (ރޮކް) މިއަހަރު ރިލީޒް ކުރާ ފިލްމަށް އެންމެ ރަނގަޅު ޗޮއިސް އަކީ ޕްރިޔަންކާ ޗޯޕްރާ ކަމަށް ބުނެފި އެވެ.
ރޮކް މިހެން ބުނެފައި ވަނީ އޭނާ ޓްވިޓާގައި ކޮށްފައި އިން ޓްވީޓެއްގަ އެވެ. މި ޓްވީޓުގައި އޭނާ ވަނީ ފިލްމުގައި ރީތިކަމާއި މަޖާކަން ހަމަހަމަ ކުރުމަކީ އުދަގޫ ކަމެއް ކަމަށާއި އެހެންކަމުން "ބޭވޮޗް" އަށް އެންމެ ރަނގަޅު ޗޮއިސް އަކީ ޕްރިޔަންކާ ކަމަށް ބުނެފަ އެވެ.
https://twitter.com/TheRock/status/857662804802899969
މި ޓްވީޓް ޕްރިޔަންކާ ވަނީ ރީޓްވީޓްވެސް ކޮށްފަ އެވެ.
ބޮލީވުޑްގައި ރަނަގަޅު ރޯލުތަށް ކުޅެ އެންމެންގެ ހިތުން ޖާގަ ހޯދާފައިވާ ޕްރިޔަންކާ މިފަހަރު ހޮލީވުޑް އިން ފެނިގެން ދާނީ ނުބައި ބައި މީގެއްގެ ރޯލުންނެވެ. ޕްރިޔަންކާ އޭނާގެ ފުރަތަމަ ހިންދީ ފިލްމުގައިވެސް ކުޅޭފައި ވަނީ ނުބައި ބައެވެ.
ޕްރިޔަންކާ އޭނާގެ ރޯލާމެދު ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ އަށް "ކުއަންޓިކޯ" ގެ ފަހުން ގިނަ ރޯލުތަކެއް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެންނަމަވެސް ކުޑައިރުއްސުރެ ބަލަމުން އައި ސީރީޒް އެއްގެ މައްޗަށް ބިނާކޮށްގެން ކުޅޭ ފިލްމެއްގައި ނުބައި ބައި ކުޅެން ފުރުސަތު ލިބުމުން އެއަށް ނޫނެކޭ ނުބުނެވުނީ އެވެ.
އެމެރިކާގެ ޓީވީ ސީރައަލް "ކުއަންޓީކޯ"ގެ ލީޑް ކުޅެމުންދާ ޕްރިޔަންކާ އަންނަނީ އޭނާގެ މި ފިލްމާ ދޭތެރޭ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް