ގާސިމް މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

ފުލުހުންގެ ހައްޔަރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ސޮއި ކުރަން ފަށައިފި އެވެ. ގާސިމް ...

30 Apr 2017 | 02:47

ފުލުހުންގެ ހައްޔަރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ސޮއި ކުރަން ފަށައިފި އެވެ.

ގާސިމް ފުލުހުންގެ ބަންދުގައި ހުރި އިރު އޭނާގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލައި ޝަރީއަތް ފަށާފައި އެވެ. ދައުވާ އުފުލާފައިވަނީ ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، މަޖިލީހު މެންބަރުންނަށް ރިޝްވަތު ދޭން އުޅުއްވުމުގެ އިތުރުން ގާނޫނީ ގޮތުން އުފެދިފައިވާ ޝަރުކާރެއް ވައްޓާލަން އުޅޭކަމުގެ ދައުވާ އެވެ.

މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ މި ޕެޓީޝަނަކީ ގާސިމް ނިސްބަތްވާ އދ. މާމިގިލީ ރައްޔިތުން އިސްވެ ސޮއި ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ރަށު ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ގާސިމް ހައްޔަރު ކޮށްފައިވަނީ  ކުށެއް ކުރައްވައިގެން ކަމަކަށް އެ ރަށުގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.

އެހެންވެ، ގާސިމް ވަގުތުން ދޫކޮށްލަން ގޮވާލައި އިއްޔެ ސޮއިކުރަން ފެށި ޕެޓިޝަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެ ޕެޓިޝަންގައި މާމިގިލީ ރައްޔިތުންގެ އިތުރުން ގާސިމް މިނިވަން ކުރުމަށް އެދޭ ގިނަ ބަޔަކު ސޮއި ކުރާނެ ކަމަށެވެ. ޖުނައިދު ވިދާޅުވީ ގާސިމް ހައްޔަރު ކޮށްފައިވަނީ އިންސާފުން އެއްކިބާވެ ކަމަށެވެ.

އެއީ ފައިސާ ގޯނި ހިފައިގެން މެންބަރުންގެ އަރިހަށް ވަޑައިގެންނެވިކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާގައި ފާޅުގައި ވާހަކަދެއްކެވި މެންބަރުންނަށް ފިޔަވަޅު ނާޅާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުނައިދު ވިދާޅުވީ ޕާޓީތަކަށް މީހުން އިތުރުކުރުމަށާއި ކެމްޕޭންތަކަށް ފާޅުގައި ފައިސާދޭ މަންޒަރު ފެންނަ އިރު ފުލުހުން އެކަމަށް ފިޔަވަޅު ނާޅާ ކަމަށެވެ.

ގާސިމް ހައްޔަރު ކުރީންސުރެ ކޮންމެ ހަފްތާ ބަންދަކު މާމިގިލީގައި ގެންދަނީ ގާސިމް ދޫކޮށްލުމަށް ގޮވާލާ މުޒާހަރާތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް