ޔާމީންގެ މަރަށް ހަފްތާއެއް، މީހަކު ހައްޔަރު ކުރެވުނު ކަމެއް ހާމައެއް ނުކުރޭ!

ތޫނު އެއްޗަކުން ހަމަލާ ދީ އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރަށް ހަފްތާއެއް ވީރު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝި...

30 Apr 2017 | 02:45

ތޫނު އެއްޗަކުން ހަމަލާ ދީ އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރަށް ހަފްތާއެއް ވީރު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީޑިއާގައި ވިދާޅުވީ ޔާމީން މަރާލި މައްސަލަ ވަރަށް ބާރަށް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައުލޫމާތު ވަރަށް އަވަހަށް އާންމުންނާއި ހިއްސާ ކުރާނެ ކަމަށެވެ. ފުލުހުން ވަނީ ޔާމީން މަރާލަށް ހަމަލާދިން ދެ މީހުންގެ ފޮޓޯ އާންމުކޮށްފައި އެވެ.

އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކުރެވިފައިވޭތޯ ސުވާލު ކުރުމުން ޝިފާން ވަކި ޖަވާބެއް ނުދެއްވަ އެވެ.

ފުލުހުން މިކަމާ ގުޅޭގޮތުން އެންމެ ފަހުން މައުލޫމާތު ހިއްސާ ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ޔާމީނަށް ހަމާލާ ދިން މީހުން ވީޑިއޯ މެދުވެރިކޮށް ދެނެގެނެވިފައިވާ ކަމަށެވެ.

އަދި ޔާމީނަށް ހަމަލާދީފައިވާ ތަނުން ފިޒިކަލް އެވިޑެންސް ވެސް ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އާއިލާއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައި އެވެ. އަދި މިހާރު އާއިލާއިން ވަނީ ބޭރުގެ ޑިޕްލޮމެޓުންނާއި ނޫސްވެރިންނަށް މި މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައި އެވެ.

އިއްޔެ ޔާމީންގެ އާއިލާއިން ބުނެފައިވަނީ މަރަށް ހަފްތާއެއް ވީއިރު ތުހުމަތު ކުރެވޭ އެއްވެސް މީހަކު ހައްޔަރު ކުރެވުނު ކަމުގެ މައުލޫމާތު ފުލުހުން އާންމު ނުކުރާތީ ހިތާމަ ކުރާ ކަމަށެވެ. ޔާމީން މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު 2:50 ހާއިރު އޭނާ ދިރިއުޅޭ ގޭ ސިޑި ގޮޅިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް