ބިޔޯންސޭ ވިހަން ވާއިރަށް އާ ގެއެއް ހޯދާތާ މަހެއްވަނީ!

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ބިޔޯންސޭ ވިހަން ވާއިރަށް އާ ގެއެއް ހޯދަން ޖެހިގެން އެ މަސައްކަތުގައި އުޅޭތާ މަހެއްހާ ދުވަސްވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭޒީ ކ...

30 Apr 2017 | 02:15

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ބިޔޯންސޭ ވިހަން ވާއިރަށް އާ ގެއެއް ހޯދަން ޖެހިގެން އެ މަސައްކަތުގައި އުޅޭތާ މަހެއްހާ ދުވަސްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭޒީ ކުއްލި ގޮތަކަށް ގެއެއް ގަންނަން ބޭނުންވަނީ އެމެރިކާގެ ލޮސްއެންޖަލިސް އިންނެވެ. އެކަމަކު އެމީހުންގެ ބަޖެޓާއި އެކަށީގެންވާ ބޮޑު ގެއެއް އަދިވެސް ނުލިބެ އެވެ.

ބިޔޯންސޭ އާ ގެއަކަށް ދާން މިއުޅެނީ އަލަށް ލިބެން އުޅޭ އެއް މާބަނޑު ދެކުދިންނާއި، ފަސް އަހަރުގެ އަންހެން ދަރުފުޅުގެ އިތުރުން އެ ދެމަފިރިންނަށް މިހާރު އުޅޭ ގެ ކުޑަވާނެތީކަމަށް ވެ އެވެ.

ބިޔޯންސޭ ގެއެއް ގަންނަ ބޭނުންވަނީ 80 މިލިއަން ޑޮލަރަށްވުރެ ބޮޑު ނޫން އަގަ ކަށެވެ.  އެ އަގުގައި ގެއެއް ގަންނަން ނުލިބިގެން އެންމެ ފަހުން ބިޔޯންސޭ ވަނީ 135 މިލިއަން ޑޮލަރަށް ވިއްކާ ގެއެއްވެސް ބަލާފައި އެވެ. އެކަމަކު އެ އަގުގައި ގެ ގަތުމާއި މެދު ގޮތެއް ނުނިންމަ އެވެ.

ބިއާންސޭއަށް ލިބެންއުޅޭ އެއްމާބަނޑު ދެ ކުދިން ވިހާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޖޫން މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް