މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ފިނާލޭއަށް ޙަމޫދު އަޙްމަދު، މުޙައްމަދު ތަސްނީމް، އަދި ޝަމްވީލް މުޙައްމަދު ދަތުރުކޮށްފި އެވެ.
މިރޭގެ ޝޯއިން ވަކިވެފައިވަނީ ޢިބްރާހީމް ވަޙީދު އަދި ޢަބްދުﷲ ހިޝާން އެވެ.
ގަދަ ފަސް ބައިވެރިން މިރޭ ލަވަތައް ހުށަހަޅާދީފައިވަނީ އެ ބައިވެރިޔެއްގެ ފޭވަރިޓް ލަވަކިޔުންތެރިޔަކާއި އެއްކޮށެވެ. އެގޮތުން ޝަމްވީލު މުޙައްމަދު ލަވަ ހުށައަޅާދީފައިވަނީ އައިޝަތު މާއިން ރަޝީދާއެކުއެވެ. ބަތޫލް އަޙްމަދާއެކު އިބްރާހީމް ވަހީދު ލަވަ ހުށައަޅައިދިންއިރު، ޢަބްދުﷲ ހިޝާނާއެކު މިރޭގެ ޝޯގައި ލަވަ ހުށަހަޅާދިނީ އަންދަލާ ޙަލީމެވެ. މުޙައްމަދު ތަސްނީމް ލަވަ ހުށައަޅާދީފައިވަނީ ނިޝް ނާޝިދާއެކުއެވެ. އަދި ޙަމޫދު އަޙްމަދު ލަވަ ހުށައަޅާދީފައިވަނީ ރާފިޔަތު ރަމީޒާއެކުއެވެ.
މިރޭގެ ޝޯގައި ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ "މޫނު ބުރުގާ" ލަވައިން ދިވެހިން މެދުގައި މަޝްޙޫރުވި ލަވަކިޔުންތެރިޔާ ޑރ. އަޙްމަދު ޝަމްރާޙް އެވެ.
މިރޭގަ ޝޯގައި އައިޑަލްގެ ޓައިޓަލް ސްޕޮންސާރ ދިރާގު ފަރާތުން ދިރާގު އަލަށް ތަޢާރުފުކުރި ޙިދުމަތް ކަމަށްވާ ދިރާގު ޓީވީގެ ޙިދުމަތް ބައިވެރިންނަށް ހަދިޔާކޮށްފައިވެ އެވެ.
މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ އަށް ވަނަ ޝޯ އިއްޔެ ރޭ ގެނެސްދީފައިވާއިރު، އިއްޔަ ރޭގެ ޝޯގައި ލޯބީގެ ލަވަތަކާއި، ހަނދާނުން އެންމެ ފޮހެލަން އުނދަގޫ ލަވަތަކުގެ ތީމްއަށް ރީތި ލަވަތަކެއް ބައިވެރިން ހުށަހަޅާދީފައިވެއެވެ.
މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ އޮންނާނީ މެއި މަހުގެ 12 ވާ ހުކުރުދުވަހުގެ ރޭގައި އެވެ. ނަތީޖާ ފާޅުކުރުން އޮންނާނީ 13 ވާ ހޮނިހިރުދުވަހުގެ ރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް