ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސްޕޯޓްސް ޕާކެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމްކުރާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ އެ ޕާކުގެ ބިންގާ އަ...

30 Mar 2026 | 06:43
N/A

N/A

ހުޅުމާލޭ ފޭސް އެކެއްގައި ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމްކުރާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ އެ ޕާކުގެ ބިންގާ އަޅައިފައެވެ. އެޗްޑީސީން ބުނީ މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރު ކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރެވޭ ޕާކެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެ ޕާކުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަންނަ އެޕްރީލް މަހުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.

ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުޅިވަރު ކުޅޭ ތަންތަނާއި އައުޓްޑޯ ޖިމްތައް ގާއިމްކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެކި ކުޅިވަރުތަކަށް ޚާއްޞަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމްކުރި ކުޅިވަރު އެކުވެނި މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް