ހުޅުމާލޭގެ ޢިމާރާތްތައް ގަވާއިދާ އެއްގޮތްތޯ ބެލުމުގެ ސާވޭ އެޗްޑީސީއިން ފަށައިފި

ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު (R-17/2026) ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހުކޮށްފައިވޭތޯ ބެލުމުގެ ސާވޭ މިއަދުން ފެށިގެން ކުރިއަށް ގެންދާނ...

01 Jul 2026 | 18:39
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މައި އޮފީސް -

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މައި އޮފީސް -

ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު (R-17/2026) ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހުކޮށްފައިވޭތޯ ބެލުމުގެ ސާވޭ މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ދީފައިވާ މުއްދަތު 30 ޖޫން 2026 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެޗްޑީސީން ބުނީ މި ސާވޭ ކުރިއަށްދާއިރު ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ގޯތިތަކާއި އެ ތަންތަނުގައި ވިޔަފާރީގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށެވެ.

މި ސާވޭއާ ގުޅޭ ގޮތުން އެޗްޑީސީން ފުރަތަމަ އިޢުލާންކޮށްފައި ވަނީ 26 އޭޕްރީލް 2026 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް