އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ މި ފ...

21 Jun 2026 | 08:30
N/A

N/A

ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށެވެ. އެ ކޯޕަރޭޝަނުން ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ. ބައިވެރިވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2026 ކަމަށް އެޗްޑީސީން ބުންޏެވެ.

މި އަހަރުގެ ޕްރޮގްރާމުގައި ހިމެނެނީ ތިން ދާއިރާއެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެއީ ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން އަދި ސާވޭއިން ޓެކްނީޝަން ދާއިރާއެވެ. ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ. އެޗްޑީސީން ބުނީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް