ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ބޭފުޅުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ. ވީޑިއ...

30 Mar 2020 | 04:44

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ބޭފުޅުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކާ، އެމްބަސީތަކާ، ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ އަދި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި، ތާށިވެފައި ތިބި ދިވެހިންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިން އަރިހުން މިނިސްޓަރ އެދިވަޑައިގަތެވެ.

https://twitter.com/abdulla_shahid/status/1244314791457349632

މި ބައްދަލުވުމާ ބެހޭ ގޮތުން ޑިރެކްޓަރ، ކޮމިއުނިކޭޝަން މިއުވާން މުހައްމަދު  ވިދާޅުވީ އިއްޔެ ހުރިހާ ސަފީރުންނާ އެއްވަގުތެއްގައި ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރ ބައްދަލުކުރެއްވިނަމަވެސް ކޮންމެ ދުވަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި، ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވަމުންގެންދަވާކަމަށެވެ. އަދި  ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، އެކަންކަން ހައްލުކުރުމަށް އެޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް