11 މީހުން ހައްޔަރު ކުރި އޮޕަރޭޝަންގައި 70 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ހޯދި

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 70 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މަސްތުވަތާކެތި އަތުލައިގަނެ އެ މައްސަލައިގާ 11 މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުގައި މި އޮޕަރޭޝަނަ...

29 Mar 2020 | 19:55

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 70 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މަސްތުވަތާކެތި އަތުލައިގަނެ އެ މައްސަލައިގާ 11 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މި އޮޕަރޭޝަނަކީ މާރިޗް 20 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

"ކ.މާލެ / ގ. ބޮއިލިންގފިޝް، އަހްމަދު ވިސާމް އާއި އިތުރު ބަޔަކާއި ގުޅިގެން ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭކަމަށް މައުލޫމާތު ލިބުނު މައްސަލާގައި މަސްތުވާތަކެތި ބަލާދިޔަ ކަމަށް ތުހުމަތުކުރެވޭ އިރުއަލިމަސް ދޯނި ބަލާފާސްކުރެވިފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން ކ. މާލެ އިން އާއި ކ. ހުޅުމާލެއިން 04 ގެއެއް ބަލާފާސްކުރެވިފައިވެއެވެ. މި ބަލާފާސްކުރި ކުރުމުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ ގިނައަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ." ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުން:

ފުލުހުން ބުނެފައިވާގޮތުގައި  މާރިޗް 26 ވަނަ ދުވަހު 11 މީހުން ހައްޔަރު ކުރެވި މި 11 މީހުންނަށް ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައިވެއެވެ.

https://twitter.com/M_Hameedh/status/1243037305230602240?s=19

ހައްޔަރު ކުރެވުނު 11 މީހުންގެ ތެރެއިން 07 މީހުންނަކީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުން، އަނެއް ހަތަރު މީހުންނަކީ މާލެއިންނާއި ހުޅުމާލެއިން ހައްޔަރު ކުރެވުނު މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގާ 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން (ހެރޮއިން) ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި ފެނިފައިވާކަމަށާއި މި މައްސަލައިގާ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލައަށް ބޭނުންވާ އެވިޑެންސް ހޯދުމުގެ މަސައްކަތް ދަނި ކުރެވެމުން ކަމުގައިވެސް ފުލުހުން  ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް