އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ފެތުމުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކުރި "ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު...

30 Mar 2019 | 17:14

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކުރި "ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ފެތުން ފަށާފައިވަނީ މިއަދު ހަވީރު މާލެ އަތޮޅު ފުނަދޫއިންނެވެ.

ހަތް ކިލޯމީޓަރުގެ މި ފެތުން ނިންމާލާފައިވަނީ ޢިއްޒުއްދީން ފާލަމަށެވެ. މި ހަރަކާތުގައި އެކި އުމުރުފުރައިގެ 100 އަށްވުރެ ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް