އާތު އަވާ ފާހަގަ ކުރުމަށް މާވަށު ސްކޫލު ސްކައުޓުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އާތު އަވާ ފާހަގަ ކުރުމަށް ލ. މާވަށު ސްކޫލުގެ ސްކައުޓުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން މާވަށު ސްކޫލްގެ ސްކައުޓް ލީޑަރު އުޘްމާން ރަމީޒު ވިދާޅުވީ އެގޮތުނ...

30 Mar 2019 | 10:42

އާތު އަވާ ފާހަގަ ކުރުމަށް ލ. މާވަށު ސްކޫލުގެ ސްކައުޓުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން މާވަށު ސްކޫލްގެ ސްކައުޓް ލީޑަރު އުޘްމާން ރަމީޒު ވިދާޅުވީ އެގޮތުން މިއަދު ހެނދުނު 09 އިން 11 އަސް ރަށުތެރެއިން ޕުލާސްޓިކު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

"ހަރަކާތް ހިންގީ ހެނދުނު 9 އިން 11 އަށް އިސްކަންދިނީ ރަށުގެ މަގުތަކާއި ބަނދަރުމަތި އަދި އާންމުކޮށް މީހުން އެއްވާ ތަންތަނުގައި ހުރި ޕުލާސްޓިކުގެ ބާވަތްތައް ނެގުމަށް.،ގިނަ އަދަދެއްގެ ޕުލާސްޓިކުގެ ބާވަތްތައް އެއްކުރެވުނު" ރަމީޒު ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ މިކަމާއި ގުޅުވައި ދެން ހިންގި ހަރަކާތަކީ، ދުނިޔެއަށްޓަކައި 1 ގަޑިއިރުގެ ނަމުގައިމިރޭ 20:30 އިން 21:30 އަށް، ކޮންމެހެން ބޭނުންކުރަން ނުޖެހޭލައިޓުތައް ނިއްވާލުމުގެ އިވެންޓަށް ކެމްޕޭނު ކުރުމަށް ހިންގި  ހަރަކާތެއް ކަމަށެވެ.  އެގޮތުން ސްކައުޓް ކުދިންވަނީ، ވަކިވަކި ފަރުދުންނާ، ގޭބިސީތަކާއި މުވައްސަސާތަކަށް ޒިޔާރަތްކޮށް، ހަރަކާތުގެ މަޢުލޫމާތުގެ ގަނޑުކޮޅެއް ބަހާފައި ކަމުގައި ރަމީޒް ވިދާޅުވިއެވެ.

"މީގެ އިތުރުން، އާތު އަވަރ ފާހަގަކުރުމަށް މިރޭ 20:30 އިން 21:30  އަށް ޚާއްޞަ ހަރަކާތެއް ސުކޫލުގައި ހިންގުމަށް ވަނީ ނިންމާފައި" ރަމީޒް ވިދާޅުވިއެވެ.

ރަމީޒް މައުލޫމާތުދެއްވިގޮތުގައި މާވަށު ސުކޫލު ސްކައުޓު ހަރަކާތަކީ 2002 ވަނަ އަހަރުން ފެށިގެން ހިންގާ ހަރަކާތެކެވެ. މާވަށު ސުކޫލުގައި ސްކައުޓް އަދި ކަބް ސްކައުޓް ހަރަކާތްވެސް އޮންނަކަމުގައި ރަމީޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް