ގްލޯބަލް މަނީ ވީކް: ފައިނޭންސް ފެއާއާއި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މާލޭ ސަރަހައްދުން ފައިނޭންސް ފެއާ ބާއްވާފައި ވަނީ ހުޅުމާލެ ރެހެންދި ސްކޫލްގ...

30 Mar 2019 | 08:56

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މާލޭ ސަރަހައްދުން ފައިނޭންސް ފެއާ ބާއްވާފައި ވަނީ ހުޅުމާލެ ރެހެންދި ސްކޫލްގައެވެ. އަތޮޅުތެރޭން ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާގޮތުގައި ގދ. ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރަށް ވަނީ އެއް ހާހަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކޮށްފައިވެއެވެ. އަދި ހދ. ކުޅުދުއްފުށި އަދި ގދ ގައްދޫގައި ބޭއްވި ހަރަކާތްތަކަށް ވަނީ ކޮންމެ ރަށަކުން ފައްސަތޭކަ އަށް ގިނަ ފަރާތުން ވަނީ ފެއާއަށް ޒިޔާރަތްކޮށްފައެވެ. ހުލޫމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ފައިނޭންސް ފެއާއަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ފައިނޭންސް ފެއާގެ އަމާޒަކީ ދަރިވަރުންނަށް ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށާއި އެގޮތުން މި ފެއާގައި ދަރިވަރުން ވަނީ އެކި ބާވަތްތައް އަމިއްލަ އަށް އުފެއްދުމަށްފަހު އެތަކެތި ވިއްކާފައިވާކަމުގައި އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުގައި މާލެ އާއި އަތޮޅު ތެރޭގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ޔޫތް އެންޓަރޕްރެނާސް ފޯރަމް މިއަދު އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް