އިނގިރޭސި ވިލާތުގެ އެންމެ ދުވަސްވީ މީހާކަމުގައިވާ އުމުރުން 111 އަހަރުގެ ބޮބް ވެއިޓަންގެ ދިގު އުމުރުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ޖަވާބަކީ މަރުނުވުންކަމުގައި އޭނަ ބުނެފިއެވެ. ވެއިޓަން މިހެން ބުނެފައިވަނީ އެސުވާލު މާގިނައިން ކުރާތީ ސަމާސާއެއްގެ ގޮތުންނެވެ.
އުމުރުން 111 އަހަރު ފާހަގަކުރަމުންދާ ވެއިޓަން ބުނެފައިވަނީ ތިމަންނައަށް އާމު ހުރިހާ އުނދަގުލަކާއި ދިމާވެފައިވާ ކަމަށެވެ. މިގޮތުން ރޯގަލާއި، އިންފުލުއެއްޒާއާއި، މެލޭރިޔާގެ އިތުރުން ދޭއް ނޫނީ ތިން އޮޕަރޭޝަން ކުރެވެވިފައިވާ ކަމަށާއި ތިމަންނަ މިހާރު މަރުވެފައިވާން ޖެހޭކަމަށެވެ. އެހެން ނަމަވެސް އޭނަ ސަލާމަތްވީކަމަށް ވެއިޓަން ބުންޏެވެ.
މީގެ އިތުރުން ވެއިޓަން ވަނީ އޭނާގެ އުފަންދުވަހު ވަރަށް ތަފާތު ކަމަކަށް އެދިފައެވެ. އެއީ އޭނާގެ އުފަންދުވަހަށް އިނގިރޭސި ވިލާތުގެ ރާނީގެ ފަރާތްޕުޅުން ބާތްޑޭ ކާޑާއި ހަދިޔާ އޭނައަށް ނުފޮނުވުމެވެ. ވެއިޓަން ދެކޭ ގޮތުގައި އެއީ ރައްޔިތުންގެ ބައިތުލް މާލުން ކުރަން ޖެހޭ ހަރަދެއް ނޫނެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި ދިގު އަދި އުފާވެރި ދިރިއުޅުމެއްގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން ވެއިޓަން ބުނެފައިވަނީ "ޕޮރިޖް" އަކީ އެހީއެއް ކަމަށާއި ދެން ބޭނުންވަނީ އުފަލުގައި އުޅެވޭ ވަޒީފާއެއް ކަމުގައެވެ.
ވެއިޓަންގެ ތިން ދަރިން ދުނިޔޭގައި ތިބިއިރު ދިހަ ކާފަ ދަރިންނާއި 25 މުނި ކާފަ ދަރިން ދުނިޔޭގައި އެބަ ތިންބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް