ޖީއެމް ފޯރަމް އަންނަ މަހު ބާއްވަން ހަމަޖައްސައިފި

ހޮޓެލިއާ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމް އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް ...

30 Mar 2019 | 07:55

ހޮޓެލިއާ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމް އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން މި އަހަރު ބާއްވާ ފޯރަމްގައި 30 އަށް ވުރެ ގިނަ ހޮޓެލް ބްރޭންޑުތަކުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

މި ފޯރަމްގައި ފަތުރުވެރިކަމާ ގުޅުންހުރި ކަންތަކާއި މި ދާއިރާ އަށް ދިމާވާގޮންޖެހުންތައް، އަދި އެ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވޭނެއެވެ. އަދި މި ދާއިރާގެ ފުންނާބު އުސް މާހިރުންގެ ތަގުރީރުތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދާނެ އެވެ.

ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދާ މި ފޯރަމްގައި، ހޮޓެލް ސޭފްޓީ އަދި ސެކިއުރިޓީއާއި، ދެމެހެއްޓެނިވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދިއުމާއި، ޓޫރިޒަމް ދާއިރާގެ ތައުލީމީ ފުރުސަތު ތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

ހަމައެއާއެކު، އެއާޕޯޓުތަކާއެކު ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކުރިއެރުތަކާއި، ގެސްޓް ޓްރާންސްފާތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އަދި މި އިންޑަސޮޓްރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވޭނެއެވެ.

މި އަހަރުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާނެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަބްދުލް އަޒީޒް އަބްދުލް ހަކީމް (އެންޑީ. އަޒީ) އާއި ޕާލޭ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެގްޒެކެޓިވް ޑިރެކްޓަރު، ޝާހީނާ އަލީ އެވެ. މި ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާނީ ތިމާވެއްޓާ ގުޅޭ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް