އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުން ކުރާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް ތައް ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކަމިޝަން އިން ފަށައިފިއެވެ.
ހުކުރު ދުވަހުން ފެށިގެން ވޯޓުލުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ފުނުވަން ފަށާފައިވާނެ ކަމަށާއި، އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ތަކެތި ފޮނުވައި ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އަދި މި ތަކެތި ފޮނުވަމުން ގެންދަނީ އެ ކޮމިޝަނުގެ އޮފިޝަލަކާއި ފުލުހެއްގެ ހަވާލުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންޓަނޭޝަނަލް 36 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި އީސީއިން ބަހައްޓަން ނިއްމާފައިވާކަމަށްވެސް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް