އެޗް.އާރު ސަމިޓްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ދެވަނަ އެޗް.އާރު ސަމިޓް އެންޑް އެކްސްޕޯ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައެވެ. އަދި މ...

30 Mar 2019 | 07:07

ދެވަނަ އެޗް.އާރު ސަމިޓް އެންޑް އެކްސްޕޯ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައެވެ. އަދި މި އެކްސްޕޯއަކޫ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮއްގެން، އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ.

އަދި އެޗް.އާރު ސަމިޓަކީ އެޗް.އާރް ޑައިރެކްޓަރުންނާއި، އެޗް.އާރު ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުވެ، އެޗް.އާރު ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

އެގޮތުން މި ސަމިޓުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ އެޗު އާރު ދާއިރާގެ ބޭފުޅުން ބައިވެރިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް