ރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު އެގާރަ އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ނެރިފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއަރޓަރުގައި ރާއްޖެއިން ތޭވީސް ހާސް ތިންސަތޭކަ ނުވަދިހަ ހައެއް ޕޮއިންޓް ހަތެއް މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮއްފައެވެ.
މަސް އެކްސްޕޯޓް ކޮއްފައިވާ މިންވަރު އިތުރު ވެފައިވަނީ ގަނޑުކުރި ކަޅުބިލަ މަހާއި، ދަޅުގައި ބަންދުކުރި މަސް އަދި ޕޯޗްގައި ބަންދުކޮށްގެން، ރާއްޖެއިން ބޭރުކޮއްފައިވާ މަހުގެ އަދަދު އިތުރު ވުމުންނެވެ.
އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މަސްވެރިންގެ އަތުން މަސް ގަނެފައުވާ މިންވަރު އެއަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު ވަނީ 91% އިތުރުވެފައެވެ. އެގޮތުން ޖުމްލަ ސައުވީސް ހާސް ހަތްސަތޭކަ އަށްޑިހަ ނުވައެއް ޕޮއިންޓް ފަހެއް މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފައިވާއިރު، އޭގެތެރެއިން ނުވަދިހަ އަށެއް އިންސައްތަ އަކީ ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަނނެލިކަން ވަނީ ހާމަ ކޮއްފައެވެ.
ނަމަވެސް އެ މުއްދަތުގައި ރާއްޖެއިން ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓު ކުރި މިންވަރު ދަށަށް ގޮސްފައިވާ ކަމަށްވެސް ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް