މާސްކު ބެހި މައްސަލައިގާ މަހްލޫފްގެ ބަންދަށް އިތުރު ފަސް ދުވަސް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލުފްގެ ބަންދަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް މި...

30 Mar 2018 | 14:48

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލުފްގެ ބަންދަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް މިއަދު ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

މަހްލޫފްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ދައުވާ މަހްލޫފްގެ މައްޗަށް މިހާރު އުފުލާފައިވާއިރު އެ ދައުވާ އުފުލާފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި މާސްކު ބެހުމުންނެވެ.

މަހްލޫފް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ގައި އެވެ. މި މަހުގެ 17 ވަނަ ދުވަހު މަހްލޫފްގެ ބަންދަށް 13 ދުވަސް ކޯޓުން ދީފައިވާއިރު މިއަދު މުއްދަތު ޖަހާފައިވަނީ އެ މުއްދަތު ހަމަވުމުންނެވެ.

މާސްކު ބެހި މައްސަލައިގާ މަހްލޫފަށް ދައުވާ ކޮށްފައިވާއިރު މި ދައުވާ ސާބިތު ވެއްޖެ ނަމަ މަހްލޫފަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް