އިންޑިއާއިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސްއަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މި ބަލި ފެނިފައިވަނީ ވޫހާން ސިޓީގައި ކިޔަވަމުންދާ ކެރެލާގެ ސިޓީއަށް ނިސްބަތްވާ ދަރިވަރެއްގެ ގައިންނެވެ.
މި ދަރިވަރުގެ ސާމްޕަލް އާއި އެކު އިތުރު ނުވަ މީހެއްގެ ސާމްޕަލް ނަގައި އިންޑިއާގެ ޕޫނޭގައި ވަނީ ޓެސްޓުކޮށްފައި އެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނީ އަނެއް ނުވަ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ވައިރަސްއަށް ޕޮސިޓިވްވި ކުއްޖާގެ ހާލު އާންމުގޮތެއްގައި ރަނގަޅު ކަމަށާއި އޭނާ އެޑްމިޓްކޮށް ފަރުވާދެމުން ދާއިރު އޭނާގެ ހާލު ވ ަރަށް ގާތުން ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެކަމަކު އޭނާއަށް ފަރުވާދެމުންދަނީ އިންޑިއާގެ ކޮން ސިޓީއެއްގެ ހޮސްޕިޓަލެއްގައި ކަމެއް ނޭނގެ އެވެ.
ވައިރަހުގެ އާލާމާތްތަކަށް ޝައްކު ކުރެވޭ 400 މީހުން ކެރަލާގައި އޮބްޒަވޭޝަނުގައި ތިބި ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އިންޑިއާގެ އެކި އެއާޕޯޓްތަކުން މިހާތަނަށް ވަނީ 30،000 މީހުން ސްކްރީން ކޮށްފަ އެވެ.
ޖެނުއަރީ 1 ގެ ފަހުން ޗައިނާ އިން ދަތުރުކޮށްފައިވާ މީހަކު ނަމަ ހުން އައުންފަދަ އަލާމާތެއް ފެންނަ ނަމަ އެންމެ ކައިރީގައިވާ ސިއްހީ ފަރުވާދޭ މަރުކަޒަކަށް ރިޕޯޓް ކުރުމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
އިންޑިއާއާ އެކު ކޮރޯނާވައިރަސް ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 17 އަށް އަރައިފަ އެވެ.
މިބަލީގައި މިހާތަނަށް170 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް