ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮމިޓީތަކަކީ ލައިސަންސިން ކޮމެޓީ އާއި އެތިކްސް ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީގެ އިތުރުން ގާނޫނީ ތައުލީމު ކޮމެޓީ އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމެޓީ އެވެ.
ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ފަސް ކޮމެޓީން ކުރެ ކޮންމެ ކޮމެޓީއަކަށް ތިން މެމްބަރުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށެވެ.
މި މަގާމުތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ވަކީލުކަމުގެ ހުއްދަ އޮތުމާ އެކު އެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމާއި އެ މީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ މައްސަލައެއް ބާ ކައުންސިލަށް ނުވަތަ ކޯޓެއްގައި ސާބިތުވެފައި ނެތުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް