ދުވަސްގަނޑަކަށްފަހު އަނެއްކާވެސް ދައްކަން މިއުޅެނީ ބަރުދަން ލުއި ކޮށްލުމުގެ ވާހަކައެވެ. އެންމެ ހަ މަސް ތެރޭގައި އިންޑިއާގެ ނޯޖަވާނަކު އޭނާގެ ބަރުދަނުން 29 ކިލޯ ލުއިކޮށްލި ވާހަކައެވެ.
ނަމަކީ ގޯރަވް ގާގެވެ. އުމުރަކީ 33 އަހަރެވެ. އިސްކޮޅުގައި ފަސް ފޫޓު ދިހަ އިންޗި ހުންނަ ގޯރަވް ހިކެން އަޒުމު ކަނޑައެޅީ އުނަގަނޑުގައްޔާއި ހުޅުހުޅުގައި ރިއްސަން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ. މަސައްކަތް ފެށިއިރު އޭނާގެ ބަރުދަނުގައި 110 ކިލޯ ހުއްޓެވެ.
އޭނާ ހިކެން ނިންމި އަނެއް ސަބަބަކީ އޭނާ އަކީ ހައިޕަރތައިރޮއިޑް ބަލި ހުންނަ މީހަކަށްވެފައި ހަށިގަނޑު ބަރުވުމުން އިތުރު އުނދަގޫތައް ވާތީ އާއި ސެލްފީ ނަގަން ލަދުގަންނަ ހިސާބަށް ކަންކަން ދިއުމެވެ.
ގޯރަވްގެ ހެނދުނުގެ ނާސްތާއަށް ބަލައިލާއިރު އޭނާ ހެނދުނު ހުސްގޮހޮރާ ހުރެ 500 މިލިލީޓަރު ފެން ބޯ ކަމަށާއި ފޯކޮށްފައިވާ އަލްމަނޑު ކޮޅަކާއި ވޯލްނަޓްކޮޅެއް ކާލާކަމަށް ބުނެފައިވެއެވެ. އަދި އެއް ތަށި ވީޓް ފްލޭކްސް ހޫނު މިލްކާއެކު ހިޔާރުކުރާކަމަށްވެސް ބުނެފައިވެއެވެ.
މެންދުރުގެ ނާސްތާގެ 30 މިނެޓް ކުރިން 500 މިލިލީޓަރުގެ ފެން ބޯ ކަމަށާއި ކިއުކަމްބާ ކޮޅަކާއެކު އާޓާފުށު ރޮއްޓާއި ފެހި ތަރުކާރީ ހިޔާރުކުރާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރޭގަނޑުގެ ނާސްތާ ލަސްވެގެން 07:30ގައި ކުރާކަމަށާއި ރޭގަނޑުގެ ނާސްތާގައި ހޫނު ކިރާއެކު އޯޓްސް އަދި ފެހި ތަރުކާރީ ހިޔާރުކުރާކަމަށްވެސް ބުނެފައިވެއެވެ. އަދި ނިދުމުގެ ކުރިން ގްރީން ޓީއެއް ބޯ ކަމަށްވެސް ބުނެފައިވެއެވެ.
ކަސްރަތަކަށް ގޯރަވް ކުރާކަމަކީ ގޭގައި 30 މިނެޓް ވަންދެން ސައިކްލިން ކުރުމެވެ.
ކޮންމެއަކަސް ގޯރަވް މިވަނީ އޭނާގެ ބަރުދަނުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު އަދަދެއް ލުއިކޮށްލައިގެން އުނގަނޑަށާއި ހުޅުހުޅުގައި އަޅަމުންދިޔަ ވޭނަށް ތަސައްލީއެއް ހޯދާފައެވެ. އަދި މިހާރު ސެލްފީ ނަގަން ފަސް ނުޖެހޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އިނގިރޭސި މުފައްކިރަކު ބުނެފައިވަނީ "ހަޔާތޭ މިކިޔާ ދިގު ދަތުރުގެ ސަވާރީއަކީ ތިބާގެ ހަށިގަނޑެވެ".
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް