ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މާލޭ ފަޅުގައި ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުނ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އ...

30 Jan 2020 | 01:47

މާލޭ ފަޅުގައި ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުނ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މާލެ ސިޓީ އުތުރު ފަރާތު ފަޅުތެރޭގައި އޮތް "ހޯކްސް އޯކިޑް" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާކަމުގެ މައުލޫމާތު ރޭ 02:25 ހާއިރު ލިބުމުން ކޯސްޑްގާޑްގެ ޑައިވަރުން ޕަމްޕް ބޭނުންކޮށްގެން، ދިޔަވުން ކޮންޓްރޯލްކޮށްފައިވާކަމަށެވެ.

"ދިޔަވުން ކޮންޓްރޯލް ކޮށްދެވިފައިވަނީ 4:15 ހާއިރު، ލޯންޗު މިހާރު ދަތުރުކުރަމުންދަނީ ތިލަފުއްޓަށް" އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ދިޔަވިއިރު ލޯންޗުގައި މީހުން ތިއްބެވެ. ނަމަވެސް އެމީހުން އޭރު ތިބީ ނިދާފައި ކަމަށާއި ހޭލެވުނީ ލޯންޗު ދިޔަވާން ފެށުމުން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް