އުރީދޫ މޯލްޑިވްސްގެ 88 އިންސައްތަ ސާފު ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމައިފި

އުރީދޫ މޯލްޑިވްސް ގްރޫޕްގެ 88 އިންސައްތަ ސާފު ފައިދާ ހިއްސާދާރުންނަށް ބެހުމަށް ހިއްސާދާރުންނަށް ލަފާދިނުމަށް އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުން ނިންމައިފިއެވެ. އުރީދޫއިން ބުނެފައިވަނީ 2018 ވަނަ އަހ...

30 Jan 2019 | 13:19

އުރީދޫ މޯލްޑިވްސް ގްރޫޕްގެ 88 އިންސައްތަ ސާފު ފައިދާ ހިއްސާދާރުންނަށް ބެހުމަށް ހިއްސާދާރުންނަށް ލަފާދިނުމަށް އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުން ނިންމައިފިއެވެ.

އުރީދޫއިން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 3 ރުފިޔާ 22 ލާރި ނުވަތަ އުރީދޫ މޯލްޑިވްސް ގުރޫޕުގެ 88% ސާފު ފައިދާ ބެހުމަށް ހިއްސާދާރުންނަށް ލަފާދިނުމަށް، މިއަދު (29 ޖަނަވަރީ 2019 ވީ އަންގާރަ ދުވަހު) ބާއްވާފައިވާ ބޯޑު ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ވަނީ ނިންމަވާފައި ކަމަށެވެ.

"ބޯޑުގެ މިލަފާގެ މަތިން، ޙިއްޞާގެ ފައިދާގެ ގޮތުގައި މިދެންނެވުނު މިންވަރު ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމަވައިދިނުމަށް އެދި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހެޅޭނެއެވެ. " އުރީދޫއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް 15 ފެބްރުއަރީ 2019 ގެ ނިޔަލަށް އަޅުގަނޑުމެންގެ ވެބްސައިޓުގައި އާންމުކޮށް ޝާއިއުކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް