ޕީޕީއެމްގެ މުދާ ޕީއެންސީން ބޭނުންކުރި މައްސަލާގައި އެ ޕާޓީއާއި މެދު ފިޔަވަޅު ނާޅަން އިލެކްޝަން ކޮމިޝަނުން އުފެއްދި ކޮމެޓީން ލަފާ ދީފިއެވެ.
އިލެކްޝަނުން އުފެއްދި ކޮމިޓީން މިއަދު ބުނީ ޕީއެންސީއާއި މެދު ފިޔަވަޅު ނޭޅުމަށް ނިންމާފައި ވަނީ އެ ގަވާއިދު ހެދިފައި ވަނީ އެ މައްސަލައެއް ކުރިމަތިވި ފަހުން ކަމަށްވާތީ ކަމަށެވެ.
އަލަށް އެކުލަވާލި ސިޔާސީ ޕާޓީތަކާއި ބެހޭ ގަވާއިދުގެ ދަށުން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް އެހެން ޕާޓީއަކަށް ބޭނުން ނުކުރެވޭނެއެވެ.
އަލަށް އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުން ކުރާކަން ސާބިތުވެއްޖެނަމަ، ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ވެއެވެ.
މީގެ އިތުރުން އަލަށް ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެން ކަމަށް ސާބިތުވި ނަމަވެސް ހުއްދަ ބާތިލް ކުރުމުގެ ބާރު މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދުން އިލެކްޝަންސް ކޮމިޝަނަށްވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް