ސައްހަ ނޫން، އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައެއްގައި ދެމީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
"ތިރީގައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައްޚަނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެމީހުންނެވެ." ފުލުހުން ބުނެފައިވެއެވެ.
https://www.youtube.com/watch?v=1UHDbqwXfvc
ފުލުހުން އިތުރަށް ބުނެފައިވަނީ މިމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް