އިޖްތިމާއީ ދާއިރާގައި ދިވެހިންނަށް އެންމެ މުހިންމު ބައިވެރިއަކީ އިންޑިއާ ކަމަށާއި، ޒަމާނުއްސުރެ އިންޑިއާ އަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ތަރައްގީ އަށް މުހިންމު ހިއްސާއެއް ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސިދާތާ ޝަރީފު މިހެން ވިދާޅުވީ އިންޑިއާގެ ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވަށްމޭޒު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިންޑިއާއާ ރާއްޖޭގެ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށާއި މިގުޅުން ދެމިގެންގޮސްފައިވަނީ އިންޑިއާގެ އަވައްޓެރި ގައުމަކަށްވުމުގެ އިތުރުން ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ސަގާފަތާއި ވަށްޓަފާޅީގެ ސަބަބުން ކަމަށެވެ.
ދިވެހިރާއްޖޭއާއި އިންޑިއާ އާއި ދެެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ދިވެހި ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާ ކުރާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އެގޮތުން އިޖްތިމާޢީ ދާއިރާގެ އިތުރުން އަންހެނުންގެ ތަރައްގީއަށާއި އަންހެނުން ބާރުވެރިކުރުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރުގެ މިބައްދަލުވުމުގައި އަންހެނުންނާ ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް