ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕޭން ފައްޓަވައިދެެއްވަމުން ގާސިމް ވިދާޅުވީ ފިރިހެނުން ނުދަންނަ ކިތައްމެ ގިނަ ކަންތައްތަކެއް އަންހެން ބޭކަނބަލުންނަށް އެގިވަޑައިގަންނަވާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ކަމެއްގައި ހުންނަ ވޭން އިނގޭނީ އެ އިހްސާސް ކުރާ މީހުންނަށް ކަމަށެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ ރަސއްޔިތުންގެ މަޖިލީހުގެ އިތުރަށް ސިޔާސީ އެހެން ދާއިރާ ތަކުގައިވެސް އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖޭގައި ގާނޫނު ތައް ހެދުމުގައި އަންހެނުންގެ ދައުރަކީ މުހިއްމު ދައުރެއް ކަމަށާއި އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް