ކަރާ މާރުކޭޓާ ދިމާ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑީއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 06:08 ހާއިރު ކަރާ މާރުކޭޓް އާ ދިމާލު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށެވެ.
ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެއީ އިންޑިއާ ފިރިހެނެއް ކަމަށް ބުނެފައިވެއެވެ.
ބޭރުފުށުން އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް