މީ މިސް ލަމްބެ ހޮއާކްސް: އިންޑޮނޭޝިޔާ ސަރުކާރުން ކަނޑައެޅި، ދޮގު ހަބަރު ފެތުރުން ހުއްޓުވާ އަންހެނާ !

ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާގައި ފެތުރޭ ރޯ ބުހުތާން ދޮގު ހަބަރުތަކާއި ދެކޮޅަށް އެގައުމު ސަރުކާރުން ތަފާތު ޕްރޮގްރާމެއް ފަށައިފިއެވެ. ޕްރޮގްރާމްގެ ނަމަކީ "މިސް ލަމްބެ ހޮއާކްސް" އެވެ. މި ޕްރޮގްރާ...

30 Jan 2019 | 03:30

ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާގައި ފެތުރޭ ރޯ ބުހުތާން ދޮގު ހަބަރުތަކާއި ދެކޮޅަށް އެގައުމު ސަރުކާރުން ތަފާތު ޕްރޮގްރާމެއް ފަށައިފިއެވެ.

ޕްރޮގްރާމްގެ ނަމަކީ "މިސް ލަމްބެ ހޮއާކްސް" އެވެ. މި ޕްރޮގްރާމަކީ އެގައުމުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން މިނިސްޓްރީން ފެށި ވީޑިއޯ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާއަކު މި ޕްރޮގްރާމްގެ އައު ވީޑިއޯއެއް ގެނެސްދޭނެކަމަށް ބުނެފައިވެއެވެ.

އިންޑޮނޭޝިޔާގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި ކޮންމެ ހަފްތާއަކު، އެ ހަފްތާއެއްގައި ސޯޝަލް މީޑިއާގައި ވައިރަލް ވާ އަދި ލޯކަލް މީޑިއާވެސް ހިމެނޭގޮތަށް ވައިރަލް ވާ ތާކުން ތާކު ނުޖެހޭ ދޮގު ހަބަރު ތަކުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ 10 ހަބަރެއް ނުވަތަ ވާހަކައެއްގެ އަސްލު ތަފްސީލް އެ ޕްރޮގްރާމް މެދުވެރިކޮށް ފާހަގަކުރަމުންދާނެއެވެ.

https://www.youtube.com/watch?v=A59lelsYefk

މި ޕްރޮގްރާމް ހުށަހަޅާދޭ އަންހެން މީހާ ހުންނަނީ މާސްކެއް އަޅައިގެންނެވެ. އެ އަންހެން މީހާއަށް މި ޕްރޮގްރާމްގައި ދީފައިވާ ނަމަކީ "މިސް ލަމްބެ ހޮއާކްސް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް